ޚަބަރު

ރަށްރަށުގައި ފަތުރުވެރިން އުޅޭނެގޮތުގެ އުޞޫލެއް އެކުލަވައިލުމަށް މަޝްވަރާތަކެއް


  • 3 ވުޒާރާއަކީ ފުލުހުންގެ އިދާރާއިން ބައިވެރިވެފައިވޭ

  • ރާއްޖޭގައި ރަށުފަތުރުވެރިކަން ދަނީ ފުޅާވަމުން

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާއި، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އަދި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، މުޅި ރާއްޖެއަށް ރަށުފަތުރުވެރިކަން އާންމުވެގެންދާ އިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާވަމުންދާއިރު، ރަށްރަށުގައި ގެސްޓުހައުސްތައް ހުޅުވާ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިއާއެކު މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެގޮތުގެ އުޞޫލެއް މިވަނީ މުހިއްމުވެފައެވެ. މިހާރުވެސް ވަކި ވަކި ރަށްރަށުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ވަކި އުޞޫލުތަކެއް ކަނޑައަޅާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފަތުރުވެރިން ހެނދުން އެޅުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި، މުޖުތަމައުގައި މީހުންގެތެރޭ އުޅޭއިރުކޮށްގެން ނުވާނެ ކަންތައްތައް އަނގައިދީ ބޯޑުތައްވެސް ރަށްރަށުގައި ބަހައްޓާފައި ހުރެއެވެ.