ޚަބަރު

ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލައެއް ފުލުހުން ތަހުޤީޤުކުރަނީ


  • މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ

ނުރައްކާތެރިގޮތަކަށް ލޯންޗު ދުއްވި މައްސަލައެއް ފުލުހުން ތަހުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން މިމައްސަލަ ތަހުޤީޤުކުރަން ފަށާފައިވަނީ ރަށެއްގެ ފަޅުތެރެއަށް ނުރައްކާތެރިގޮތަކަށް 3 ލޯންޗެއް ދުއްވާފައި ވަންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކުއެވެ. މި ވިޑީއޯއާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިމައްސަލަ ފުލުހުން ތަހުޤީޤުކުރަން ފަށާފައިވާއިރު، މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަ ލޯންޗުތަކަކީ މިދިޔަ އޯގަސްޓް މަހުގެ 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރު ކުރި ލޯންޗުތަކެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ބަލަންޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ބައެއް ޙާދިސާތައް މީގެކުިރިން ހިނގާފައިވެއެވެ.