ޚަބަރު

ޒެންގް ބަލިކޮށް ސަބަލެންކާ ފެށުން ރަނގަޅުކޮށްފި


ސައުދީ އަރަބިއްޔާގައި ބާއްވާ އަންހެނުންގެ ފުރަތަމަ ޕްރޮފެޝަނަލް ޓެނިސް މުބާރާތް ކަމުގައިވާ ޑަބްލިއުޓީއޭ ޓެނިސް މުބާރާތުގައި ސަބަލެންކާ އެދެވޭ ނަތީޖާއެއް ހޯދައިފިނަމަ އޭނާއަށް ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރެ މި އަހަރު ނިންމާލެވޭނެއެވެ.

ޒެންގް އާއި ދެކޮޅަށް ކުޅުނު މެޗު ސަބަލެންކާ ކާމިޔާބުކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.

އޮސްޓްރޭލިއަން އޯޕަންގެ އިތުރުން ޔޫއެސް އޯޕަން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސަބަލެންކާ ވަނީ މި އަހަރުގެ ތެރޭގައި ޒެންގް އާއި ދެކޮޅަށް ހަތަރު ފަހަރު ކުޅެފަ އެވެ.

ދުނިޔޭގެ ރޭންކިންގައި އެންމެ މޮޅު 8 ކުޅުންތެރިން ވާދަކުރާ މި މުބާރާތް ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު ފައިސާގެ އިނާމުގެ ގޮތުގައި ރެކޯޑް އަދަދެއް ކަމުގައިވާ 15 މިލިއަން އެމެރިކާ ޑޮލަރު ވަނީ ހުށައަޅާފަ އެވެ.

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރެ އަހަރު ނިންމާލަން ސަބަލެންކާ އަށް ބޭނުންވަނީ ރައުންޑް ރޮބިން ތިން މެޗު ކާމިޔާބުކޮށް ނުވަތަ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމެވެ. އޭނާ އާއި އެންމެ ވާދަވެރި އިގާ ސްވިއަޓެކް އަލުން އަނބުރާ އެއްވަނަ މަގާމް ހޯދަން ބޭނުންނަމަ އޭނާއަށް ޖެހޭނީ މިމުބާރާތް ކާމިޔާބު ކުރުމަށެވެ.