ކުޅިވަރު

ސްޓަރިޖްގެ ގޯލުން މޮޅުވެ ދެވަނަ ބުރުގެ އުއްމީދު އިންގްލެންޑަށް


މެޗްގެ ފަހުވަގުތު ޑެނިއަލް ސްޓަރިޖް ކާމިޔާބުކުރި ގޯލުން ވޭލްސްގެ މައްޗަށް ކުރި ހޯދާ ގްރޫޕް ބީގެ އެއްވަނައަށް އިންގްލެންޑުން ޖެހިލައިފިއެވެ.

ގްރޫޕް ބީގައި މިއަދު އިންގްލަންޑް ވޭލްސްއާ ބައްދަލުކުރި މެޗް އިންގްލެންޑް  ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވޭލްސްއިންނެވެ. މި ލަނޑު ފުރަތަމަ ހާފްގައި ވޭލްސްއަށް ކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ. 

ދެވަނަ ހާފްގައި މެޗްގެ ނަތީޖާ އިންގްލަންޑަށް ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖެމީ ވާރޑީއެވެ. މެޗުން އިންގްލަންޑަށް ތިން ޕޮއިންޓް ހޯދައިދިން ލަނޑު ޑެނިއަލް ސްޓަރިޖް ކާމިޔާބުކޮށްދިނީ މެޗްގެ ނުވަދިހަވަނަ މިނެޓްގައެވެ. 

މި މެޗުން މޮޅުވެ އިންގްލަންޑް ގްރޫޕް ބީގެ އެއްވަނާގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ސްލޮވާކިޔާއާ ތިންވަނާގައި އޮތް ވޭލްސްއަށް ލިބެނީ ތިން ޕޮއިންޓެވެ. ހަތަރުވަނާގައި އޮތީ އެއް ޕޮއިންޓާއެކު ރަޝިޔާއެވެ.