ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން، ބައެއް އަތޮޅުތަކުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލު ގެނެސްފިއެވެ.
ފަތުރުވެރިކަމާއި މަދަނިީ އުދުހުންތަކާބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ، މި އިސްލާޙާއެކު ކޮންސެޝަން ރޭޓްތައް ހަމަޖައްސާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅުގެ ރަށްރަށަށް އެކަނި ކަމަށެވެ. އަދި މި ލުއިތައް ދެމިއޮންނާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އަލަށް ކަނޑައެޅުނު އުސޫލުގެ ދަށުން، ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ ބޭސް ރޭޓާއި، ހެކްޓަރަކަށް ޖެހޭ ރޭޓް ބިމުގެ ބޮޑުމިނާ ގުނަކުރުމުން ނުކުންނަ އަދަދާއި، ސައިޒް ޕްރީމިއަމް އެއްކޮށްގެންނެވެ. މީގެ ތެރެއިން 20 އިން 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ނުނަގާއިރު، 41 ހެކްޓަރަށްވުރެ ބޮޑެތި ބިންތަކަށް ސައިޒް ޕްރީމިއަމްގެ ގޮތުގައި 500,000 އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ.
* ބޭސް ރޭޓަކީ 400,000 އެމެރިކާ ޑޮލަރު
* ހެކްޓަރަކަށް ޖެހޭ ރޭޓަކީ 35,000 އެމެރިކާ ޑޮލަރު
* ބޭސް ރޭޓަކީ 700,000 އެމެރިކާ ޑޮލަރު
* ހެކްޓަރަކަށް ޖެހޭ ރޭޓަކީ 60,000 އެމެރިކާ ޑޮލަރު
އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށްރަށުގެ ބިމުގެ ބޮޑުމިން ބަލާނީ މީން ޓައިޑް ލައިން އެތެރޭގައި ހިމެނޭ ސަރަޙައްދު ސަރވޭކޮށްގެންނެވެ. މީގެއިތުރުން، ފަޅު ހިއްކުމުގެ ހުއްދަ ދެވޭނީ ހިއްކާ ސަރަޙައްދަށް ދައްކަންޖެހޭ އެކުއިޒިޝަން އަގު ދެއްކުމުންނެވެ. ހިއްކާ ސަރަޙައްދުގެ އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ އެ އަތޮޅަކަށް ކަނޑައަޅާފައިވާ ހެކްޓަރެއްގެ ރޭޓާއި، ހިއްކަން ހުށަހަޅާ ސަރަޙައްދުގެ ބޮޑުމިން ގުނަކުރުމަށްފަހު، އެ އަދަދުގެ 70 އިންސައްތަ ނަގައިގެންނެވެ.