ކުޅިވަރު

ގްރިޒްމަންގެ ދެ ލަނޑުން މޮޅުވެ، ފްރާންސް ކުއާޓަރ ފައިނަލަށް


ނޮދަން އައިލެންޑް ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލުން ފްރާންސް ޖާގަ ހޯދައިފިއެވެ. މުބާރާތް ބާއްވާ ޤާއުމު ފްރާންސް ކްއާޓަރގެ ޖާގަ ހޯދީ ފުރަތަމަ ހާފްގައި ރިޕަބްލިކް އޮފް އަޔަލެންޑް ލަނޑެއް ޖަހާ ކުރި ހޯދާފައި ވަނިކޮށް، ދެވަނަ ހާފްގައި ދެ ލަނޑު ޖަހައިގެންނެވެ. img:http://s2.psmnews.mv/images/660x400/14669562514616.jpg|ފްރާންސްއާއި އަޔަރލޭންޑް ކުޅުނު މެޗްގެ ތެރެއިން - ފޮޓޯ: ޒިންގހުއާ ނިއުސް

މެޗު ފަށައިގެން ދެވަނަ މިނިޓްގައި އަޔަލަންޑަށް ލިބުނު ޕެނަލްޓީއަކުން ކުރި ހޯދައިދިނީ ބްރެޑީއެވެ. ހަތަރު މިނިޓްގެ ތެރޭގައި ފްރާންސްގެ ދެ ލަނޑު ޖަހައިދިނީ ގްރިޒްމަންއެވެ. ފްރާންސްގެ ދެވަނަ ލަނޑު ޖެހިތާ ހަތަރު މިނިޓްފަހުން އަޔަލެންޑްގެ ޑަފީ ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތްކާޑް ދެއްކުމުން މެޗުގެ ދެވަނަ ހާފްގެ ބޮޑު ބައި އަޔަލެންޑުން ކުޅުނީ ދިހަ ކުޅުންތެރިންނާއެކުއެވެ. އޭނާއަށް ރަތްކާޑް ދެއްކީ އެންމެ ފަހު ކުޅުންތެރިޔާގެ ގޮތުގައި ހުރެ ފްރާންސަށް ލިބުނު އޯޕަން ފުރުޞަތަކަށް ހުރަސް އަޅައި ކުރި ފައުލާއި ގުޅިގެންނެވެ. img:http://s3.psmnews.mv/images/660x400/14669562652336.jpg|ފްރާންސްއާއި އަޔަރލޭންޑް ކުޅުނު މެޗްގެ ތެރެއިން - ފޮޓޯ: ޒިންގހުއާ ނިއުސް

ކްއާޓަރ ފައިނަލްގައި ފްރާންސް ވާދަކުރަން ޖެހޭ ޓީމެއް ކަށަވަރުވާނީ މާދަމާރެއެވެ.