ޙަބީބް ބޭންކު ކުރިން ހުރި ބިން ކޮންނަނިކޮށް އެތައް ޒަމާނެއްވެފައިވާ ބޮޑުބަޑިއެއް ފެނިއްޖެއެވެ.
ތަރިކަ ދިރާސާކުރާ މަރުކަޒުން ވިދާޅުވީ މި ބަޑި ފެނިފައިވަނީ މާލޭގެ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި، ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށްކަމަށެވެ. އަދި އެ ބަޑި މިހާރު ވަނީ ތަރިކަ ދިރާސާ ކުރާ މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށްވެސް އެ މަރުކަޒުން ވިދާޅުވެއެވެ.
"މި މަރުކަޒަށް މި ބޮޑުބަޑި ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފެޑޯ ކޮންސްޓްރަކްޝަން ކޮންޕެނީއަށާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރުއަށް މި މަރުކަޒުގެ ފަރާތުން ޝުކުރު ދަންނަވަން" ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހެރިޓޭޖުން ވިދާޅުވިއެވެ.
މާލޭ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ފެނުނު ބޮޑުބަޑި މިހާރު ވަނީ މި މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
— National Centre for Cultural Heritage (@HeritageMv) January 12, 2025
(1/2) pic.twitter.com/kem3IRBspW
ހަބީބް ބެންކު ހުރި ބިން ކޮންނަނިކޮށް ފެނުނު ޒާތުގެ ބޮޑުބަޑި މިހާރުވެސް ދާރުލްއާސާރާއި އަދި ބައެއް އާސާރީ ތަންތަނުގައި ފެންނަން އެބަހުއްޓެވެ.