ޚަބަރު

މަޑިވަރު ރިސޯޓް ކައިރިން ދަގަނޑު ބޮއެއް އޮޔާދާތީ ސަމާލުވާން އަންގައިފި


އއ. މަޑިވަރު ރިސޯޓް ކައިރީ ދަގަނޑު ބޮއެއް އޮޔާ ދާތީ ސަމާލުވާން އަންގައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އެ ރިސޯޓްގެ ހުޅަނގު އުތުރުން 3.6 ނޯޓިކަލް މޭލުން ދަގަނޑު ބޮއެއް އޮޔާދާކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. އަދި މި ދަަގަނޑު ބޮއެ އޮޔާދާކަަމަށް މައުލޫމާތު ލިބިފައި ވަނީ އިރަަށް ކަަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ރޭގަނޑާއި ދުވާލު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.