ޚަބަރު

ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކްގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކޮށްފި


  • ޑިގްރީ ޕްރޮގްރާމްތަކަށް އޭލެވެލް ގެ 2 ފާހާއެކު ވަދެވޭނެ

ވިލާ ކޮލެޖުން މި އަހަރުގެ ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުޞަތު މިއަހަރުގެ އޭލެވެލް ނަތީޖާ ލިބުނު ދަރިވަރުންނަށް ޚާއްސަކޮށްގެން އިތުރުކޮށްފިއެވެ.

ވިލާ ކޮލެޖުން ވަނީ ޖެނުއަރީ 19 ގައި އޮރިއަންޓޭޝަން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކަށް ވީހާވެސް އަވަހަށް އެޕްލައި ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ވިލާ ކޮލެޖުން ބުނީ އެ ކޮލެޖުގެ ކޯސްތަކާބެހޭ އިތުރު ތަފްސީލު އެ ކޮލެޖުގެ ވެބްސައިޓުން އަދި ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ލިބޭނެކަމަށެވެ. އަދި ވިލާ ކޮލެޖަށް ގޮސްގެން ވެސް ކޯސްތަކާ ބެހޭ މައުލޫމާތު ހޯދޭނެކަމަށެވެ.

ޖެނުއަރީ އިންޓޭކަށް ވިލާ ކޮލެޖުން ހުޅުވާލާފައިވާ ޕްރޮގްރާމްތައް:

ޖެނުއަރީ މަހު ފެށުމަށް ހަމަޖެފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔޫކޭގެ ޔުނިވަރސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ސައިބަރޖާޔާ ޔުނިވަރސިޓީ އަދި ޓޭލާސް ޔުނިވަރސިޓީގެ ޕްރޮގްރާމްތައް ހިމެނޭކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މި ކޯސްތަކުގެ ދާއިރާތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗަޔަލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ،އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، މާރކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް ހިމެނެއެވެ. އަދި ހިއުމަން ރިސޯސް، އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް، ސިވިލް އިންޖިނައރިންގ) ރިސާރޗް، ނަރސިންގ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، ޑާޓާ ސައިންސް، އަދި ކަލިނަރީ އާރޓްސްގެ ދާއިރާތަކުންވެސް ތަފާތު ކޯސްތައް ހިމެނެއެވެ.

މީގެ އިތުރުން ޗާރޓަޑް އެކައުންޓިންގެ ކޮލިފިކޭޝަންއެއް ކަމަށްވާ، އެސޯސިއޭޝަން އޮފް ސަރޓިފައިޑް ޗާރޓަޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) ގެ ކޯސްތައްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޑިގްރީ ޕްރޮގްރާމްތަކަށް އޭލެވެލް ގެ 2 ފާހާއެކު (އެސްއެސްސީ ފާސް ވެސް އޭލެވެލް ފާސްގެގޮތުގައި ބެލެވޭ) ވަދެވޭގޮތަށް ހަމަޖެހިފައިވާއިރު މި އަދަދަށް ފާސް ހަމަނުވާ ދަރިވަރުންނަށް ވިލާ ކޮލެޖުގެ ފައުންޑޭޝަން ކޯހެއް ފުރިހަމަކުރުމަށްފަހު ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެ ކޮލެޖުން ހާމަކުރެއެވެ. ފައުންޑޭޝަން ޕްރޮގްރާމްތަކުގައި އޯ ލެވެލްގެ 3 މާއްދާއިން ފާސް ހޯދާފައިވާ ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ.