ޚަބަރު

ނައުރޫގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ނައޫރޫގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖެނުއަރީ 31

(ކ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، (ވ) ނައޫރޫ ރައީސް އަދި ހެޑް އޮފް ސްޓޭޓް، ޑޭވިޑް ރަނިބޮކް އަޑެއާންގް--

ނައޫރޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަދި ހެޑް އޮފް ސްޓޭޓް، ޑޭވިޑް ރަނިބޮކް އަޑެއާންގް އަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި، އެ ޤައުމުގެ އިސް ވެރިންނާއި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށްވެސް އެމެސެޖުގައި އެމަނިކުފާނު ވިދާޅުވިއެވެ.

‎ނައޫރޫގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހެވެ.

ރާއްޖެއާއި ނައޫރޫއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 2000 ވަނަ އަހަރުގެ މޭ މަހުގެ 9 ވަނަ ދުވަހުގައެވެ.