އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައިކުރާ ސަރޖަރީތައް ހުއްޓާލާފައިވާކަަމަށްބުނެ ފަތުރާ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ. އައިޖީއެމްއެޗުން ވިދާޅުވީ، އެއްވެސް ސަރޖަރީއެއް ހުއްޓާލާފައި ނުވާކަމަށެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކޮށްފައިވާ ޕޯސްޓެއްގައި އައިޖީއެމްއެޗްއިން ވަނީ އެ ހޮސްޕިޓަލުގައި ކުރާ އެއްވެސް ސަރޖަރީއެއް ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ޢާންމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޒިންމާދާރުކަމާއެކު މަޢުލޫމާތު ފެތުރުމަށް އައިޖީއެމްއެޗްއިން ވަނީ ނަޞޭހަތްތެރިވެފައެވެ.
މި ހޮސްޕިޓަލުގެ ސަރޖަރީތައް ހުއްޓާލާފައިވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން، ދަންނަވަމެވެ.
— IGMH (@igmhmv) February 2, 2025
މި ހޮސްޕިޓަލުގެ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން އަރުވަމެވެ.
އަދި އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، މިފަދަ ހަޤީޤަތާ ޚިލާފު…
އައިޖީއެމްއެޗްގައި ކުރިއެކޭވެސް އެއްގޮތަށް ސާރޖަރީ ހަދަމުންދާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެފައިވާއިރު، ސަރުކާރުން އަންނަނީ އެ ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ފަސޭހަވާނެގޮތަށް ޚިދުމަތްތައް ބައްޓަންކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އީ-ޕޯޓަލް މެދުވެރިކޮށް ގާތްތިމާގެ މީހުންނާއި، ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އެޕޮއިންޓްމަންޓު ހެއްދެއްވުމާއި ލެބް ރިޕޯޓްސް އަދި މެޑިކަލް ރިކޯޑްސް ބަލާލެވޭނެ އިންތިޒާމުތައް ހިމެނެއެވެ.