ޚަބަރު

ގައުމީ ކްރިކެޓް މުބާރާތް: ސެމީގައި ވަރުގަދަ ކުރިމަތިލުންތަކެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ 59 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލްގައި ކުޅޭ ޓީމުތައް ކަށަވަރުވެއްޖެއެވެ.

ފުރަތަމަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ ސީބީއެލް އާއި މާލޭ ސްޕޯޓްސް ކުލަބެވެ. ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީ އާއި އެމްއެސް އެކަޑަމީއެވެ.

ސެމީ ފައިނަލަށް ދަތުރުކުރާ ޓީމުތައް ކަށަވަރުވީ މިދިޔަ ހަފްތާ ބަންދުގައި ކުޅުން ލީގު ބުރުގެ ފަހު މެޗުތަކަށްފަހު ރޭންކިންގެ ކުރި ހޯދައިގެންނެވެ.

ލީގު ބުރުގެ ފަހު މެޗުގައި ސީބީއެލް އާއި ބައްދަލުކޮށް މާލޭ ސްޕޯރޓްސް ކާމިޔާބުކުރީ 6 ވިކެޓުންނެވެ. ގުރު ދިމާވުމުން ސީބީއެލް ކުޅެންއަރާ 42 ވަނަ އޯވަރުގައި ހުރިހާ އެންމެން ނުބައިވެގެން ހެދިފައިވަނީ 175 ލަނޑެވެ.

އޭގެތެރޭގައި ސީމިތު 28 އަދި ޗަންދަނީ 27 ލަނޑު، މަލީސާ 11 ލަނޑަށް 3 ވިކެޓް އަދި ނީޝާން 18 ލަނޑަށް 2 ވިކެޓް ނަގާފައިވާއިރު ޖަވާބުގައި މާލޭ ސްޕޯރޓްސް ކްލަބް ކުޅެންއަރާ 26 ވަނަ އޯވަރުގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 176 ލަނޑެވެ.

އޭގެ ތެރޭގައި މުހަންމަދު ރިސްވާން ނުބައިނުވެ 57 ލަނޑު، މަލީސާ 36 ލަނޑު، ހަރުސާ 36 ލަނޑަށް 2 ވިކެޓް ނަގާދީފައިވެއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯރޓްސް ކްލަބްގެ މަލީޝާއެވެ.

ދެން ކުޅުން އޮންނާނީ 14 ފެބްރުއަރީ 2025 ވަނަދުވަހެވެ. އެގޮތުން މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާލޭ ސްޕޯރޓްސް ކްލަބާއި ސީބީއެލް ސްޕޯރޓްސްއެވެ. މުބާރާތުގެ ކުޅުން ކުރިޔަށް ދަނީ މާލޭ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.