އަންހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް އަދި އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އައުކޮށްފިއެވެ.
އަންހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ޢުލްޔާ އައު ކުރީ އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސް 00:28.64 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ޢުލްޔާ އެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 00:29.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
އަންހެނުންގެ ލޯންގްކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ޢުލްޔާ އައުކުރީ އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސް ގައެވެ. ޢުލްޔާ މި ރެކޯޑް އައުކޮށްފައިވަނީ 00:34.18 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ، 2023 ވަނަ އަހަރު ބޭއްވި 11 ވަނަ އިންޑިއަން އޯޝަލް އައިލަންޑް ގޭމްސްގައެވެ. ސައުސަން އެފަހަރު 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފައިވަނީ 00:34.32 އިން ރޭސް ނިންމައިގެންނެވެ.