ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2025" މިރޭ ނިންމާލައިފިއެވެ.
މި އިވެންޓް ކުރިއަށް ދިޔައީ ހުކުރު އަދި ހޮނިހިރު ދުވަހު އުސްފަސްގަނޑު ސަރަހައްދުގައެވެ. މިއީ "އުރީދޫ ނޭޝަން" ގެ ކޮންޓެންޑާ ސީރީޒްތަކުގައި ވާދަކޮށް، ޗެމްޕިއަންކަން ހޯދާފައިވާ ގޭމަރުންނާއި ޓީމުތަކުން 240،000ރ. (ދެލައްކަ ސާޅީސް ހާސް ރުފިޔާގެ) ގެ ޕްރައިޒް ޕޫލަކަށް ވާދަކުރާ ގޮތަށް ބޭއްވުނު މުބާރާތެކެވެ.
އަލްޓިމޭޓް ގޭމިންގ ފެސްޓިވަލްގައި ޕަބްޖީ މޮބައިލާއި މޮބައިލް ލެޖެންޑްސް އާއި ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ގެ އިތުރުން ކޮސްޕްލޭ މުބާރާތްތައްވެސް ކުރިއަށް ގޮސްފައިވާއިރު އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ހޯދާފައިވަނީ ޙައިޝަމް ވަހީދެވެ.
އަގުހުރި ފައިސާގެ އިނާމުތަކަކާއި އެކު ކުރިއަށް ދިޔަ މި އިވެންޓްގައި މޮބައިލް ލެޖެންޑްސް އާއި ބޭންގް ބޭންގް (އެމްއެލްބީބީ)އިން ޗެމްޕިއަންކަން ހޯދާ 20،000 ރުފިޔާގެ ފައިސާގެ އިނާމު ހޯދީ އެލް.އެން.އެން ސްލީޕިންގއެވެ.
ޕަބްޖީއިން ޗެމްޕިއަންކަން ހޯދާ ބައިލައްކަ ރުފިޔާގެ ފައިސާ އިނާމު ހޯދާފައިވަނީ އެސް.ޑީ.އެމް.ޒީ އީސްޕޯޓްސްއެވެ. އީއޭއެފްސީގެ ޗެމްޕިއަންކަން ޒަމީލް ޒިހުނީ ހޯދާފައިވާއިރު އޭނާއަށްވަނީ އިނާމުގެ ގޮތުގައި 20،000ރ ލިބިފައެވެ. މީގެ އިތުރުން 62 ގޯލާއެކު މުބާރާތުގެ އެންމެ މަތިން ސްކޯރ ހޯދި ފަރާތަކަށްވެސް ހޮވިފައިވަނީ ޒަމީލް ޒިހުނީއެވެ.
މި ފެސްޓިވަލުގައި އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާއަށް އަކަށް ހޮވިގެން 30،000ރ. ގެ އިނާމު ހޯދާފައިވަނީ ހައިޝަމް ވަހީދެވެ.
އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި އިވެންޓް މިރޭ ނިމިފައިވާއިރު މި ފެސްޓިވަލް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. އުރީދޫ ނޭޝަން އަކީ ގޭމިން ކުރިއަރުވައި، އީ-ސްޕޯޓްސްގެ ފުރުސަތުތައް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދައިދިނުމުގެ ގޮތުން އުރީދޫން ތައާރަފް ކުރި ޕްލެޓްފޯމެކެވެ.
މި ފެސްޓިވަލްގެ އެކްސްކްލޫސިވް ބްރޯޑްކާސްޓިންގ ޕާރޓްނަރަކީ ޕީ.އެސް.އެމްގެ ޔެސް ޓީވީއެވެ.