ކާނާ ވިހަވެގެން ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި 17 ބިދޭސީއަކަށް ފަރުވާދެމުންގެންދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އިމިގްރޭޝަނުން ވިދާޅުވީމ ކާނާ ވިހަވި 17 ބިދޭސީންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ކާނާ ވިހަވެގެން އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ ކަންތައް ކަމަށެވެ.
މި ކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޑިޓެންޝަން ސެންޓަރުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.