ޚަބަރު

އަހަރުގެ މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން، ޗައިނާއިން އެކަނި ބައިލައްކަ ފަތުރުވެރިން


  • މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 404،476 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު، %6.9 އިތުރު އަދަދެއް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު %6.9 އިތުރު އަދަދެކެވެ.

ފަތުރުވެރިންކަމާބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 404،476 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް ވަނީ ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 3 ޤައުމު

* ޗައިނާ –56,765 ފަތުރުވެރިން
* ރަޝިއާ – 39,903 ފަތުރުވެރިން
*އިނގިރޭސިވިލާތް – 39،806 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން %69 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ފަތުރުވެރިކަމުގެ ފެސިލިޓީތަކުގެ ހިސާބުތައް

• ރިސޯޓު: 278،949 ފަތުރުވެރިން
• ހޮޓެލް: 11،033 ފަތުރުވެރިން
• ގެސްޓުހައުސް: 104،392ފަތުރުވެރިން
• ސަފާރީތަކަށް: 9،829 ފަތުރުވެރިން