ޚަބަރު

ދެކުނު އެފްރިކާގެ އެސިސްޓަންޓް ކޯޗަކަށް ފެލިކްސް ޖޯންސް


ދެ ފަހަރެއްގެ މަތިން އިނގިރޭސިންނަށް ރަގްބީ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް އެހީތެރިވި އިންގްލަންޑުގެ ކުރީގެ ޑިފެންސް ކޯޗު ފެލިކްސް ޖޯންސް، އަންނަ ހަފުތާއިން ފެށިގެން ދެކުނު އެފްރިކާގެ އެސިސްޓަންޓް ކޯޗަކަމާ ހަވާލުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންގްލެންޑް ޓީމުން ޖޯންސް ވަނީ ހިތްހަމަނުޖެހުންތަކެއް ކުރިމަތިވުމުން މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ. ޖޯންސް ކުޅުން ކޯޗިންގެ ދާއިރާއަށް ނިކުތީ އޭނާގެ ކަރަށް ލިބުނު އަނިޔާއަކާއި ގުޅިގެން އުމުރުން 28 އަހަރުގައި ކުޅުން ހުއްޓާލުމަށްފަހުއެވެ.

އުމުރުން 37 އަހަރުގެ ޖޯންސް ވަނީ 2019 އާއި 2023 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ކާމިޔާބުކުރި ދުވަސްވަރު ސްޕްރިންގްބޮކްސް (ދެކުނު އެފްރިކާ) ގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހެޑްކޯޗު ރާސީ އެރާސްމަސްގެ ދަށުން މަސައްކަތް ކުރުމަށް ހިމެނިފަ އެވެ.

"ފެލިކްސް ޖޯންސް އެނބުރި އައުމުން މަރުހަބާ ކިޔުމަކީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، 2023 ވަނަ އަހަރު ހުއްޓާލި ހިސާބުން އޭނާ އަނެއްކާވެސް ޓީމާއެކު މަސައްކަތްކުރާތަން ދެކެން ބޭނުން" ކަމަށް ސްޕްރިންގްބޮކްސްގެ ހެޑް ކޯޗުގެ މަގާމަށް އެނބުރި އައި އެރާސްމަސް ބުންޏެވެ.

އެރާސްމަސް ބުނީ "2019 އިން 2023 އަށް ކޯޗިން ޓީމުގައި އޭނާ އަކީ މުހިންމު މީހެއް ކަމަށާއި އޭނާގެ ތަޖުރިބާ އަދި ފެންވަރު ރަނގަޅު މަސައްކަތުގެ އަހުލާގުގެ ސަބަބުން ޓީމަށް އޭނާ މުހިންމުވެގެންދާނެ ކަމަށެވެ.

އަޔަލޭންޑްގެ ކުރީގެ ވިންގް ޖޯންސް އާއިއެކު އެރާސްމަސް ވަނީ ފިޒިއޮތެރަޕިސްޓަކަށް ލާންސް ލެމެޓްޖީސް އާއި ޓީމްގެ ޑައިޓީޝަނަކަށް ރޮބިން މޫރާއި އެޓީމަށް ނަގާފައެވެ.

ޖޯންސް އާއި އެކު އެޓީމުން ބޭނުންވަނީ ދުނިޔޭގެ އެންމެ މޮޅު އެއްޓީމުގެ ގޮތުގައި އޮންނަން ކަމަށާއި، 2027 ވަނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދިފާއު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެރާސްމަސް ބުންޏެވެ.

"އެހެން ހުރިހާ ކޯޗިން އަދި ސަޕޯޓް ސްޓާފުން ފަދައިން ފެލިކްސް ވެސް އަހަރެމެންނަށް އެކަން ކުރުމަށް މަގުދައްކައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ." އެރާސްމަސް ބުންޏެވެ.