ޚަބަރު

ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި


ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮ އެދުމާއި ތަހުނިޔާ، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ރިޔާސަތުގެ ޗެއާމަން ޒެލްޖްކާ ކްވިޖަނޮވިޗްއާއި، ކައުންސިލް އޮފް މިނިސްޓަރސްގެ ޗެއަރ، ބޮރްޖާނާ ކްރިޝްޓޯއަށާއި، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ވެރިންނަށް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމާއި، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަމަށްވެސް އެދިވަޑައިގެންފައެވެ.

ބޮސްނިއާ އެންޑް ހަރޒެގޯވީނާއިން މިނިވަންކަން އިޢުލާނުކުރީ 1992ވަނަ އަހަރު އެވެ.