ޚަބަރު

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ

  • މިކަމާ ގުޅިގެން ފިރިހެނަކު ފުލުހުންނަށް ހަވާލުކޮށްފައިވޭ

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވީ ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.070 ކިލޯގްރާމްގެ ކެނެބިސް ބާވަތުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ. އަދި މި ތަކެތި އަތުލައިގަނެފައިވަނީ އިއްޔެކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މި ތަކެތީގެ މަގުމަތީ އަގު 856,000 ދިވެހި ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ލަފާކުރައްވައެވެ.

ކަސްޓަމްސްއިން ވިދާޅުވީ އަތުލައިގަނެވުނު މަސްތުވާތަކެތި އަދި ޕެކޭޖް ބަލައި ކަސްޓަމްސްއަށް އައި، 52 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި މިދިޔަ މަހު 19 މީހަކު ހައްޔަރުކޮށްފައިވެއެވެ.