ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއްގައި ބައެއް ތަންތަން ބަލައި ފާސްކޮށް، 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށް، އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނާއި ގުޅޭ ތަފްސީލްތައް ހާމަކުރަމުންދާނޭކަމަށެވެ.