ކުރިއަށްއޮތް ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމު ވިޔަފާރިއާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.
ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އަންނަ އެޕްރީލްމަހުގެ 6ވަނަ ދުވަހާއި ހަމައަށް އެމުއްދަތަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މިއާއެކު، ރަމަޟާންމަހު ފަހު ދިހަޔަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ވިޔަފާރިއާބެހޭ ވުޒާރާއިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމުތަކެއް އެ ވުޒާރާއިން ވަނީ ހަމަޖައްސަވައި އެކަން އިއުލާންކުރައްވާފައެވެ.
ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ރަމަޟާން މަހުގެ ފަހު ދިހައެއްގައިވެސް ވިޔަފާރިއާ ބެހޭ ޚިދުމަތްތައް ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. އަދި މިގޮތަށް ހުށަހަޅާ އެޕްލިކޭޝަންތައް ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:30 އިން 11:30ގެ ނިޔަލަށް ޕްރޮސެސް ކުރުން ކުރިއަށް ގެންދާނެކަމަށެވެ. ހަމަމިއާއެކު މި މުއްދަތުގެ ތެރޭގައި ޚިދުމަތަށް އެދެމުންދާ މިންވަރު އިތުރުވެއްޖެނަމަ، ސާވިސް ޕްރޮސެސިން ގަޑިތަކަށް ބަދަލު އަންނާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން މިމުއްދަތުގައި މިމިނިސްޓްރީއިން ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތް މެދުނުކެނޑި ލިބޭނެގޮތަށް ހަމަޖައްސާފައިވާ ކަން އަންގާ އިޢުލާން ކުރަމެވެ.… pic.twitter.com/eDSFyzNdlg
— Ministry of Economic Development and Trade (@MoEDmv) March 18, 2025
ބަންދު ދުވަސްތަކުގައި ވިޔަފާރިއާބެހޭ ޚިދުމަތްތަކުގެ އިތުރުން ފޮރިން އިންވެސްޓްމެންޓާ ބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށާއި، އެގޮތުން އެ ޚިދުމަތަށް އެދިލައްވާ ފަރާތްތަކުން އީމެއިލްކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. މީގެ އިތުރުން ފޮރިން އިންވެސްޓްމެންޓާ ބެހޭ މައުލޫމަތު ހޯދުމަށާއި، ހުށަހަޅާފައިވާ އެޕްލިކޭޝަނަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:30އިން 11:30އަށް ވުޒާރާގެ ނަންބަރަށް ގުޅުމުން މައުލޫމާތު ފޯރުކޮށްދޭނޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ހަމައެއާއެކު ފޮރިން އިންވެސްޓްމެންޓާ ބެހޭ ގޮތުން މައުލޫމާތު ނުވަތަ ޚިދުމަތް ހޯދުމަށް ބައްދަލުކުރައްވަން ބޭނުންވާ ފަރާތްތަކުން ވުޒާރާއަށް އީމެއިލްކުރުމުން. އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެހިގެންދާނޭކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.