ރަމަޟާން މަހުގެ ފަހު ދިހައެއްގައި ދަމަނަވެށިން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ފަހު ދިހައެއްގައި ދަމަނަވެށިން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންގެ ގްރޯތު މޮނިޓަރިން ޚިދުމަތް، އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އަދި ޓްރެވަލް ވެކްސިންގެ ޚިދުމަތްތައް 20 މާރިޗު 2025 ވަނަ ދުވަހު ހެނދުނު 9:15 އިން މެންދުރު 11:30 އަށް އަދި ރޭގަނޑު 21:00 އިން 22:00 އަށް ލިބިގެން ދާނެއެވެ.
ކުޑަކުދިންގެ ވެކްސިން އަދި އޮޕްޝަނަލް ވެކްސިންގެ ޚިދުމަތް 23، 25، 27 އަދި 30 މާރިޗުގައި ހެނދުނު 9:15 އިން މެންދުރު 12:15 އަށް ލިބިގެންދާއިރު ކުޑަކުދިންގެ ގްރޯތު މޮނީޓަރިންގެ ޚިދުމަތް ވެސް 24، 26، އަދި 30 ވަނަ ދުވަހުގެ ހެނދުނު 9:15 އިން މެންދުރު 12:15 އަށް ލިބިގެން ދާނެކަމަށް ދަމަނަވެށިން ވިދާޅުވިއެވެ.
އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް 23 މާރިޗުން 30 މާރިޗަށް ލިބޭއިރު ޓޮބޭކޯ ސިޒޭޝަން ކްލިނިކުގެ ޚިދުމަތް 23، 25، 27 އަދި 30 މާރިޗު ހެނދުނު 9:15 އިން މެންދުރު 12:15 އަށް ލިބިގެން ދާނެއެވެ.
މީގެ އިތުރުން ކައުންސެލިންގެ ޚިދުމަތާއި ސައިކޯސޯޝަލް ސަޕޯޓް ސަރވިސްގެ ޚިދުމަތް 24، 25، 26 އަދިި 30 މާރިޗު ހެނދުނު 9:15 އިން މެންދުރު 12:15 އަށް އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑިތަކުގައި ޚިދުމަތް ލިބިގެން ދާނެކަމަށް ދަމަނަވެށިން ވިދާޅުވެއެވެ.