ފުލުހުންގެ އަހަރީ ދުވަހާއި، ޓީވީއެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފް ފޮނުއްވައިފިއެވެ.
ވަކިވަކިން މީސްމީޑިއާގައި ކުރެއްވި ޕޯސްޓުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާއި، ޓީވީއެމްގެ 47 ވަނަ އަހަރީ ދުވަހުގެ ތަހުނިިޔާ ފޮނުވާފައެވެ. ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ފެށުނީ 1932 ވަނަ އަހަރުއެވެ.
ރާއްޖޭގެ ބްރޯޑްކާސް ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށި ޓެލެވިޝަން މޯލްޑިވްސް އަށް 47 އަހަރު ފުރުމާއި ގުޅިިގެންވެސް ނައިބު ރައީސްވަނީ ތަހުނިޔާ ފޮނުވާފައެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް ފަށާފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.