ޚަބަރު

ލިވަޕޫލާއި ޓޮޓްނަމް ބައްދަލުކުރާ މެޗުގެ ދެ ޓިކެޓު ހޯދަން ޚާއްސަ މުބާރާތެއް!


  • ލިވަޕޫލްއާއި ޓޮޓްނަމް ބައްދަލު ކުރާ މެޗު އޮންނަނީ މިމަހުގެ 27 ވަނަ ދުވަހު

  • މެޗު ބެލުމަށް ދިވެހިންނަށް ބައިވެރިވެވޭނެ ދެ މުބާރާތެއް ވަނީ ފަށާފައި

މިމަހުގެ 27ވަނަ ދުވަހު ބާއްވާ ލިވަޕޫލްއާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލު ކުރާ މެޗު ބަލާލުމުގެ ފުރުޞަތު ދިނުމަށް ލިވަޕޫލާއި އެމްއެމްޕީއާރްސީ ގުޅިގެން ޚާއްސަ މުބާރާތެއް ފަށައިފިއެވެ.

ފުރަތަމަ މުބާރާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. ދެވަނަ މުބާރާތަކީ، މައިއެލްއެފްސީ ފޭން އެޕް މެދުވެރިކޮށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް އިންސްޓަގްރާމް ޕޭޖުން ވަދެވޭނެއެވެ. އަދި އެގޮތަށް ވަނުމުން 100 ޕޮއިންޓް ލިބިގެން އިނާމު ލިބޭ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. މުބާރާތުގައި ހިލޭ ބައިވެރިވެވޭނީ ޝަރުތަތައް ފުރިހަމަވުމުންނެވެ. މި މުބާރާތް ނިމޭނީ 18 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ 12:00އެވެ.

ދިވެހި ސަޕޯޓަރުން އިތުރަށް ބައިވެރިކުރުމުގެ ގޮތުން އެމްއެމްޕީއާރްސީން ދަނީ ދިވެހިންނަށް ޚާއްސަކޮށްގެން "ޝޯ ޔޯ ރެޑްސް" ފޮޓޯ މުބާރާތް ވެސް ކުރިއަށް ގެންދަމުންނެވެ. އޭޕްރީލް މަހުގެ 13ވަނަ ދުވަހުން ފެށިގެން 18ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ލިވަޕޫލް އެފްސީއަށް އޮތް ލޯބި ދައްކުވައިދޭ ފޮޓޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި ހިއްސާކުރުމަށް ސަޕޯޓަރުންނަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް، ލިވަޕޫލް ރަމްޒުކޮށްދޭ އެއްޗެއް ނުވަތަ މޭކަޕް ފޮޓޯތަކުގައި ބޭނުން ކުރެވިދާނެއެވެ. އަދި ބައިވެރިން "ޝޮވް ޔޯރ ރެޑްސް ލޯކަލް" ހޭޝްޓެގުން ޕޯސްޓްތައް ޓެގްކޮށް، ކަމާ ގުޅޭ ޕޭޖް ނުވަތަ އެކައުންޓް ޓެގް ކުރަން ޖެހެއެވެ.

ދިވެހީންގެތެރެއިން އެމްއެޕީއާރްސީން ބާއްވާ މުބާރާތައް ޝަރުތު ހަމަވާނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކެވެ. އަދި ލިވަޕޫލް އެފްސީގެ އޮފިޝަލް ފޭން ޕޭޖާއި ވިޒިޓް މޯލްޑިވްސް ވެސް ސޯޝަލްމީޑިއާގައި ފޮލޯކުރަންޖެހެއެވެ.

ނަސީބުވެރިން ހޮވާނީ އުފެއްދުންތެރިކަމާއި, ފޮޓޯ ކޮލިޓީ އަދި ކޮމިއުނިޓީ އެންގޭޖްމަންޓަށް އަށް ބެލުމަށްފަހުއެވެ. ގްރޭންޑް ޕްރައިޒްގެ ތެރޭގައި އެލްއެފްސީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުގެ ދެ ޓިކެޓާއި ލިވަޕޫލަށް އެނބުރި އަންނަ އެއާފެއާ ހިމެނެ އެވެ. އިނިގިރޭސިވިލާތުގައި ހުރުން ނުހިމަނައި ކުރިއަށްދާ މި މުބާރާތަކީ ޝަރުތުތަކަކާ އެކު ބާއްވާ މުބާރާތެއްކަން އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ.

ލިވަޕޫލް އެފްސީއާ އެކު ގްލޯބަލް ޕާޓްނަޝިޕް އިއުލާން ކުރި ފަހުން ވިޒިޓް މޯލްޑިވްސް އިން ވަނީ ހަފުތާއެއްގެ ތެރޭގައި ސޯޝަލް މީޑިއާގެ 80 މިލިއަނަށް ވުރެ ގިނަ ރީޗް ލިބިފައެވެ. މައިއެލްއެފްސީ ފޭން އެޕް މެދުވެރިކޮށް 13މާޗުގައި ފެށި "ވިން އަ ހޮލިޑޭ ޓު މޯލްޑިވްސް" މުބާރާތަށް މިހާތަނަށް 50،000 އަށް ވުރެ ގިނަ އެންޓްރީ ލިބިފައިވާއިރު، އެ އެޕްލިކޭޝަންގެ އެންމެ ފުޅާކޮށް ހިނގި ކެމްޕެއިންތަކުގެ ތެރޭގައި މި ކެމްޕޭން ހިމެނެއެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ލަގްޒަރީ ސެގްމަންޓްސް އަށް ލިވަޕޫލް ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވެ، ކުޅިވަރާއި ދަތުރުފަތުރުގެ ޒަރިއްޔާއިން ތަފާތު ފުރުޞަތުތައް ތަނަވަސްވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.