ޚަބަރު

ޕެންޝަން އޮފީހުގެ ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި


  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 15 ވަނަ ދުވަހުގެ 16:00

  • 200،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެ

އިޖުތިމާޢީ މަޝްރޫޢުތަކާއި ހަރަކާތްތަކަށް ޚާއްސަކޮށްގެން ޕެންޝަން އޮފީހުން ތަޢާރަފްކުރި ސީއެސްއާރު ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިޖުތިމާޢީ މަޝްރޫޢުތަކާއި ހަރަކާތްތަކަށް ޚާއްސަ މި ޕްރޮގްރާމުގެ މަޤްޞަދަކީ، ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާޢީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހިތްވަރުދިނުންކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

އަހަރަކު އެއްފަހަރު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ދަށުން، މިއަހަރު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިކަމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވަނީ މޭއި މަހުގެ 15 ވަނަ ދުވަހަށެވެ.

މި ޕްރޮގްރާމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކުން އިޖުތިމާއީ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، ފައިނޭންޝިއަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށެވެ.

އެގޮތުން މި ޕްރޮގްރާމުގެ ދަށުން ހަރަކާތްތަކަށް 200،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

ޕްރޮޕޯސަލްއަށް ޚާއްސަ ކޮށްފައިވާ ދާއިރާތައް:

• މުޖުތަމަޢުތަކުގެ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރު އިތުރުކުރުން
• އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމުގެ ޕްރޮގްރާމްތައް
• ނަފްސާނީ ދުޅަހެޔޮކަން
• ނުކުޅެދުންތެރިކަން
• ކޮމިއުނިޓީ ފަސްޓް އެއިޑް ޕްރޮގްރާމްތައް
• ކެއަރ ތެރަޕީ އެންޑް ރިހެބިލިޓޭޝަން
• އުމުރުން ދުވަސްވީ މީހުންނަށް ޑިޖިޓަލް ލިޓްރަސީ
• ކޮމިއުނިޓީ ރެޒިލިއަންސް އިތުރުކުރުން
• ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތައް
• ގްރީން ސްޕޭސް އިނީޝިއޭޓިވްސް
• އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުން (މެންޓަޝިޕް ޕްރޮގްރާމްތައް)
• ޑިޖިޓަލް އިންކްލޫޝަން
• ފައިނޭންޝަލް ލިޓަރަސީ ޕްރޮގްރާމްތައް
• ޑިޖިޓަލް ފައިނޭންޝަލް ލިޓަރެސީ
• ސްޓާޓްއަޕްތަކާއި ކުދި ވިޔަފާރިކުރާ ފަރާތްތަކާއި ވިޔަފާރިވެރިންގެ ކެޕޭސިޓީ ބިލްޑިންގ
• ގިގް ވޯކަރުންނާއި ނުރަސްމީ ދާއިރާގެ ފައިނޭންޝަލް ޕްލޭނިންގެ ކެޕޭސިޓީ ބިލްޑިންގ

އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތައް:

• އޮގަނައިޒޭޝަނަލް ކެޕޭސިޓީ (%25)
• ޕްރޮޖެކްޓް ފީސިބިލިޓީ އެންޑް ވައިބިލިޓީ (%30)
• އިޖްތިމާޢީ، އިޤްތިޞާދީ، ނުވަތަ ތިިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު (%25)
• ބަޖެޓް، ޕްލޭނިން އަދި ވަސީލަތްތައް ކަނޑައެޅުން (%20)

މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު https://bit.ly/pensionoffice-csr-grant އިން ލިބޭނެކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.