ކުޅިވަރު

ގައުމީ ވޮލީ ލީގު: ފުރަތަމަ މެޗުން ޕޮލިސް މޮޅުވެއްޖެ


މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަންގެ ދެވަނަ މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ މެޗުން ޕޮލިސް ކުލަބު މޮޅުވެއްޖެއެވެ.

ޕޮލިސް ކްލަބް މިމެޗު ކާމިޔާބުކުރީ ފްލެކްސަރ ސްޕޯޓްސް ކުލަބާއި ވާދަކޮށް 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ޓީމުން ކާމިޔާބުކުރީ 25-20 އިންވެ. އެހެންނަމަވެސް މެޗުގެ ދެވަނަ ސެޓަކީ އެންމެ ވާދަވެރިކޮށް ފެނިގެންދިޔަ ސެޓެވެ. މި ސެޓުގައި ފްލެކްސަރ އިން ކުޅުން ރަނގަޅުކޮށް ޕޮލިސް ޓީމަށް ބޮޑު ޕްރެޝަރެއް ދިންއިރު މި ސެޓް ފްލެކްސަރ އިން ކާމިޔާބުކުރީ 28-26 އިންނެވެ.

މިއާއެކު މެޗުގެ ފޯރިގަދަވެ ތިންވަނަ ސެޓުގައި އިތުރު ހިއްވަރެއްލާ ޕޮލިސް ސެޓު ކާމިޔާބުކުރީ 25-18 އިންނެވެ. މެޗުގެ ފަހު ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-17 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ޓީމުގެ ބިދޭސީ ކުޅުންތެރިއާ ސޯފިއާއެވެ.

ވީއޭއެމް ކަޕް 2025 ގެ އަންހެން ޑިވިޝަންގައި ގަދަ ހަޓީމު ވާދަކުރާއިރު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.