އިންޑިޔާގެ ޕަހަލްގަމް ކިޔާ އަވަށަކަށް ނިރުބަވެރި ޖަމާޢަތަކުން ދިން ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕަހަލްގަމް އަވަށަށް ދިން ނިރުބަވެރި ހަމަލާގައި އެތައް ބަޔަކު މަރުވެ، ޒަޚަމްވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއި ކުއްލި ހައިރާންކަމާއެކުގައިކަމަށެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ނިރުބަވެރިކަމާއި އެކަމާ ގުޅުންހުރި އެންމެހާ ޢަމަލުތަކާ ދެކޮޅަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޕަހަލްގަމުގައި ދިން ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ.
Deeply saddened and shocked by the horrific terror attack in Pahalgam, which has claimed innocent lives and left many injured. The Government of Maldives remains steadfast in its commitment to combating terrorism in all its forms and manifestations. Our thoughts are with the…
— Dr Mohamed Muizzu (@MMuizzu) April 23, 2025
ޕަހަލްގަމްއަށް ނިރުބަވެރި ޖަމާޢަތަކުން ޙަމަލާދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ޙަމަލާގައި ޕަހަލްގަމްއަށް ޒިޔާރަތްކުރި 28 ފަތުރުވެރިއަކު މަރާލާފާވާއިރު، 20 މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.
މި ޙަމަލާގެ ޒިންމާ ޕާކިސްތާނުގެ ނިރުބަވެރި ޖަމާޢަތެއްކަމަށްވާ ދި ރެސިސްޓެންސް ފްރޮންޓްއިން ވަނީ އުފުލާފައެވެ. އިންޑިއާގެ އަސްކަރިއްޔާއިން ދަނީ މި ހަމަލާގެ ފަހަތުގައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.