ޚަބަރު

ވެއްޓިފައި އޮއްވައި ފެނުނު އަންހެންމީހާގެ މައްސަލަ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ޕީޖީ އަންގަވައިފި


  • މަޢުލޫމާތު ފަތުރާއިރު އަނިޔާ ލިބުނު މީހާގެ ކާރާމަތަށް އަރައިނުގަތުމަށް އިލްތިމާސްކުރެއްވި

  • މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތާމެދު ޢާންމުންގެ ހުރި ޝަކުވާތައް ދަނީ ބަލަމުން

ވެއްޓިފައި އޮއްވައި ފެނުނު އަންހެންމިހާގެ މައްސަލަ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ޕްރޮސިކިއުޓަރ ޖެނަރަލް އަންގަވައިފިއެވެ.

މިމަހުގެ 18ވަނަ ދުވަހުގެ ފަތިހު އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލައިގައި ޕީޖީ އޮފީހުން މިރޭ ވަނީ ބާޔާނެއް ނެރުއްވާފައެވެ.

މި ބަޔާޏުގައި ވަނީ ޕީޖީ އޮފީހުން ވިދާޅުވީ، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލައާ ގުޅިގެން މިމަހުގެ 24ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ޕީޖީ ދެއްވި އިރުޝާދުތައް ހާމަކުރައްވާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި ހާދިސާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލާގައި އަނިޔާ ލިބުނު މީހާގެ ޒާތީ މަޢުލޫމާތާއި އަނިޔާ ލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާންމުކުރުމުން އަނިޔާ ލިބުނު މީހާގެ ކަރާމާތަށް އުނިކަން ލިބޭ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢުލޫމާތެއް އިތުރަށް ހާމަނުކުރުމަށް ފުލުހުންނަށް އިރުޝާދުދީފައިވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށްވެސް ދަންނަވާފައިވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލާގައި ހާޒިރުކުރި ބައެއް މީހުން މަސްތުގެ ޙާލަތުގައި ތިބިކަމަށް ތުހުމަތުކުރެވޭއިރު، އެ މީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުން ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުން ވަކި މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރުމަށްވެސް އަންގާފައިވާނެކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލަ ތަޙުޤީޤުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އަންގާފައިވާނެ ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތާމެދު ޢާންމުންގެ ހުރި ޝަކުވާތައް ހުށައަޅަމުންދާ ކަމަށާއި އެ ޝަކުވާތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި ޖިނާއީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިންނާއި ޢާންމު ރައްޔިތުންވެސް މައްސަލާގައި އަނިޔާ ލިބޭ މީހުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޕީޖީ އޮފީހުން އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ޖިނާއީ ތަޙުޤީޤުތަކާ ގުޅިގެން މަޢުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު ޢާންމުކުރުމުގައި އޮޅުންނާރާނެ ގޮތަށް، ހާމަކަމާއެކު، ފުރިހަމައަށް މަޢުލޫމާތު ފޯރުކޮށްދިނުމަށާއި ތަޙުޤީޤަށް ހުރަސްނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުމަށްވެސް ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް އަންގަވާފައެވެ.

ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި އެކަކު ހައްޔަރުކޮށް، 9 މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.