ޚަބަރު

ފްރެންޑް 4 ދޯނި އަޑިއަށް ދިޔުމުގެ ހާދިސާ ގައި 3 މީހަކު ގެއްލިގެން ހޯދަނީ


  • މިޙާދިސާގައި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯންޏެއް ވަނީ ފެތި، އަޑިއަށް ގޮސްގައި

  • މިއީ ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް

  • ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުން، އޭގެތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައި

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފެތުމާގުޅިގެން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 23:22 އެހައިކަންހާއިރުއެވެ. "ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯނި ފެތި އަޑިއަށް ދިޔަ ހާދިސާ ގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ހުއްޓުމެއްނެތި ދަނީ ކުރަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި މި ދޯނި ދަތުރުކުރަމުންދިޔައީ ހިލަޔާއި ހިލަވެލި ބަރުކޮށްގެންނެވެ. މިއީ ސަޕްލައި ދޯންޏެކެވެ.

މިދޯނި ފެތި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުންނެވެ، އޭގެތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ދަނީ ކުރަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.