ޚަބަރު

ދެކުނު އެފްރިކާގެ ފްރީޑަމް ޑޭގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވެވި

ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ސިރިލް މަޓަމެލަ ރަމަފޯސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ދެކުނު އެފްރިކާގެ ރައީސަށް ސަލާމަތް ސިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.