ޚަބަރު

ބާރަށުގައި ސިހުރު ހާދާކަމަށް ބުނާ މައްސަލައެއްގައި 8 މީހަކާ ސުވާލުކޮށްފި


  • މިކަމާއި ގުޅިގެން އެރަށުގައި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި

  • 8 ތަނެއް ބަލާފަސްކުރި

ހއ. ބާރަށުގައި ސިހުރު ހާހޫރު ހަދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެރަށުގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ހިންގައި 8 މީހަކާ ސުވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 07:00އިން ފެށިގެން އެރަށުގައި އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. މި މައްސަލައިގައި އެރަށުގެ 8 ތަނެއް ބަލާ ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ.

އަދި މި މައްސަލައިގެ ތުޙުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ސުވާލުކުރުމަށްފަހު އެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް ސުވާލުކުރުމަށްފަހު އެއެންމެވެސް ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.