ތިނަދޫ ސިޓީގައި މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާގެ ހާލު އަންނަނީ ރަނގަޅުވަމުން އަންނަކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ތިނަދޫ ސިޓީ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި، ސައިކަލެއްޖެހި އެކްސިޑެންޓް ވެފައިވާ މައްސަަލައެއް 2025 އޭޕްރިލް 27ވަނަ ދުވަހު 15:47 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްށެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން 31 އަހަރުގެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އެމަޖެންސީގައި ހަމަ އެރޭ މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަނިޔާ ލިބުނު އަންހެން މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވައިކަމަށް ވެސް ފުލުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް ތަހުގީގުގައި ވަނީ ސުވާލުކޮށްފަކަމަށެވެ. މި މައްސަލަ ފުލުން ދަނީ ތަހުގީގު ކުރަމުންނެވެ.