ދިވެހި ފުލުހުން ޚިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ބަހާތަކުގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުގެ 9 ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އައު އޮފިސަރުން ވަނީ ކަނޑައަޅުއްވާފައެވެ.
ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވީ މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް، ތިލަމާލެ ޕޮލިސް، ޓްރެފިކް ޕޮލިސް، ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވެލޮޕްމަންޓް، އަދި ޕްރޮޓެކްޓިވް ސެކިއުރިޓީ ހިމެނޭކަމަށެވެ.
* ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު
* ހެޑް އޮފް ޑްރަގް އެންފޯސްމަންޓް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް،
* ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަން - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޞަބާޙް،
* ހެޑް އޮފް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙު މުޙައްމަދު
* ހެޑް އޮފް ތިލަމާލެ ޕޮލިސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު،
* ހެޑް އޮފް ޓްރެފިކް ޕޮލިސްގ - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން،
* ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤު އާދަމްފުޅު
* ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވެލޮޕްމަންޓް - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަހީމް
* ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން
މި ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެެވެ.