މިއަހަރުގެ ކުޑަކުދީންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މާދަމާ ހުލުމާލެ ދެވަނަ ފިޔަވަހީގައި ކުޑަކުދީންގެ ޚާއްސަ ހަވީރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ "ހިޔާ ޕާކު" ސަރަހައްދުގައެވެ. މި ހަރަކާތަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އަދި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މާދަމާ ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި، ކުދިން ޝައުޤުވެރިވާފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އެގޮތުން މަޝްހޫރު ފިލްމް ކެރެކްޓަރތަކުގެ ހަރަކާތްތަކާއި ކުޑަކުދިން ޝައުޤުވެރިވާ ތަފާތު ކުޅިވަރުތައް ކުޅެވެން ހުންނާނެކަމަށާއި، ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައްވެސް އެ ތަނުން ފެންނާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މިހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން 6:00 އާ ހަމައަށެވެ. އަދި މާދަމާ ރޭ 8:00 ގައި ސިނަމާއެއްގެ ތަޖުރިބާ ކުރެވޭ ގޮތަށް ކުޑަކުދިންނަށް ޚާއްސަކޮށް ފިލްމު ބެލުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިހަވީރަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ލިބޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.