ޚަބަރު

އިލެކްޝަންސް ކޮމިޝަނުން ލ. ފޮނަދޫގައި ސިވިކް އެޑިއުކޭޝަން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި


ޑިމޮކްރަޓިކް ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ލ.ފޮނަދޫގައި ސިވިކް އެޑިއުކޭޝަން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދާއި ކޮމިޝަނުގެ މެންބަރު ޑރ. މުޙައްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އިންތިޚާބުގެ ކަންތައްތައް ހިނގާގޮތާއި އިންތިޚާބުގެ މަގުސަދާ ގުޅޭގޮތުން މަޢުލޫމާތުދީ ރައްޔިތުން ހޭލުންތެރިކުރުމަކީ އިލެކްޝަން ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ. ސިވިކް އެޑިއުކޭޝަން ޕްރޮގުރާމަކީ މި މަސްއޫލިއްުޔަތު އަދާކުރުމަށް ކުރިއަށްގެންދާ ޕްރޮމާކެވެ.

އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި ޑިމޮކްރަސީގެ ގޮތުން ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމަށާއި އިންތިޚާބީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ. އަދި މަލްޓ-ިޕާޓީ ޑިމޮކްރަޓިކް ސިސްޓަމަށް އާންމުން ހޭލުންތެރި ކުރުވައި ޑިމޮކްރަސީގެ ހެޔޮ ސުލޫކީ އުސޫލުތައް މުޖުތަމައުގެ ބައިވެރިވުމާއެކު އާލާކުރުވުމަކީވެސް މި ހަރަކާތުގެ މަޤްޞަދެކެވެ. މި ޕްރޮގްރާމުގައި ހަތަރު މޮޑިއުލަކުން މައުލޫމާތު ފޯރުކޮށްދެއެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ޑިމޮކްރަސީއާއި ޒިންމާ ނެގުމާއި ޖަވާބުދާރީވުން، އިންތިޚާބުތަކާއި އިންތިޚާބުތައް ކުރިއަށްގެންދާ ގޮތް އަދި ސިޓިޒަންޝިޕް އަދި ބައިވެރިވުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ކުރިއަށްގެންދިޔައީ ހައްދުންމަތީ ފޮނަދޫގައެވެ. މި ޕްރޮގްރާމުގައި އެ އަތޮޅުގެ ފޮނަދޫ އަދި ގަމުގެ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމުއިއްޔާ ޖަމާއަތްތަކާއި، ސިޔާސީ ޕާޓީތަކުގެ އިތުރުން ބެލެނިވެރިނާއި އާންމު ރައްޔިތުން ބައިވެރިވިއެވެ. މި ޕްރޮގުރާމު ފުރިހަމަކުރި ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ސެޓުފިކެޓްވެސް ދީފައެވެ.

ހައްދުންމަތީ ފޮނަދޫގައި ސިވިކް އެޑިއުކޭޝަން ޕްރޮގުރާމް ކުރިއަށްގެންދިއުމަށްފަހު ޖޫންމަހު ހއ. ހޯރަފުށީގައި އެ ޕްރޮގުރާމް ކުރިއަށްގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.