ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާ، އިން ބާއްވާ ޔޫތު ކޭމްޕު ފަށައިފިއެވެ. މި ކޭމްޕު މިފަހަރު ކުރިއަށް ގެންދަނީ ކުޑަގިރީގައެވެ.
އެެއް ދުވަހަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ޖުމްލަ 65 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ތަފާތު ގިނަ ކުޅިވަރުތަކެއް ބީޗުގައި ކުޅުމަށް ރާވާފައިވާއިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ވެސް އެ ވުޒާރާއިން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.