ދުނިޔެ

ހިލަރީގެ ރަނިންމޭޓް އިޢުލާންކޮށްފި


އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ހިލަރީ ކްލިންޓަންގެ ރަނިންމޭޓަކަށް ވަރޖީނިއަރ ސްޓޭޓްގެ ސެނެޓަރެއް ކަމަށްވާ ޓިމް ކެއިން ހަމަޖައްސަވައިފިއެވެ. 

ހިލަރީ މިކަން ހާމަ ކުރައްވާފައިވަނީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ. އަދި މިކަން ރަސްމީކޮން މިއަދު ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އުމުރުން 58 އަހަރުގެ ޓިމް ކެއިންް އަކީ 2008 ވަނަ އަހަރު ރައިސް ބަރަކް އޮބާމާގެ ރަނިންގ މޭޓަކަށްް ހެދުމަށްވެސް ނަންފުޅު ފައިނަލް ކުރެވުނު ބޭފުޅެކެވެ. 

img:http://s2.psmnews.mv/images/660x400/14692622196484.jpg|ހިލަރީ އަދި ޓިމް ކެއިން، ކެމްޕެއިން ހަރަކާތެއްގައި

ކެއިން ވަނީ ސެނެޓްގެ މެމްބަރަކަށް ވުމުގެ ކުރިން ވަރޖީނިޔާގެ ގަވަނަރުކަންވެސް ކުރައްވާފައެވެ. ކެއިން އަކީ ސްޕެނިޝް ބަހަށްވެސް ފަރިތަ ބޭފުޅަކަށް ވުމުން އެމެރިކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ސްޕެއިން ދަރިކޮޅުގެ މީހުންގެ ތާއީދު ހޯދުމަށް އޭނާ އެހީއަކަށްވާނެކަމަށް ބެލެވެއެވެ.