ތޫނު އެއްޗަކުން ހަމަލާދީ ބިދޭސިއަކު ޒަޚަމުކޮށްލައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުން ވިދާަޅުވީ މާލެ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިންގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަކޮށްލާފައިވާ މައްސަލަ ރޭ 03:10 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ހަމަލާއާ ގުޅިގެން އަނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފަރުވާދެމުންގެންދާކަމަށް ލުހުން ވިދާަޅުވިއެވެ.
މި މައްސަލަ ފުލުހުންގެންދަނީ ތަހުގީގުކުރަމުންނެވެ.