ރާއްޖޭގެ ޖޫނިއާ ގައުމީ ޓެނިސް ޓީމުން ދެން ތައްޔާރުވަމުންދާނީ ރާއްޖޭގައި އަލަށް ބާއްވާ ބައިނަލްއަގްވާމީ މުބާރާތަކަށް ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ.
ޓެނިސް އެސޯސިއޭޝަނުން ބުނީ މިއަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވަނީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ ޖޫނިއާ މުބާރާތެއް ކަމަށެވެ.
މީ 18 އަހަރުން ދަށުގެ މުބާރާތެއް ކަމަށާއި ބޭރުގެ ވަރަށް ގިނަ ގައުމުތަކުން މި މުބާރާތުގައި ބައިވެރިވާނެ ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ.
މި މުބާރާތް ކުރިޔަށްދާނީ އޮގަސްޓް 18-28 އަށް މާލޭގައެވެ.
މި މުބާރާތް ނިމުމަށްފަހު ދެން ގައުމީ ޓީމު ތައްޔާރުވާނީ ސެޕްޓެމްބަރު 8-18 އަށް ބާއްވާ އޭޝިއަން ޓެނިސް ފެޑެރޭޝަންގެ 16 އަހަރުން ދަށުގެ މުބާރާތަށް ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ.