ޚަބަރު

20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ރިކޯޑު ޖަލާލުއްދީން ސްކޫލުގެ އަހުނާ އައުކޮށްފި


ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުން ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރު ރަން މެޑެލް ހޯދައިފިއެވެ.

ކުޅުދުއްފުށީގައި ކުރިޔަށްދާ އިންޓަރސުކޫލު އެތުލެޓިކްސް މީޓު 2025 ގައި އަހުނާ ވަނީ 12.71 ސިކުންތުން ރޭސް ނިންމައިގެން ރިކޯޑު އައުކޮށްފައެވެ. މީގެކުރިން މި އުމުރުފުރާގެ 100 މީޓަރު ދުވުމުގެ ރެކޯޑަކީ 12.88 ސިކުންތެވެ.

ރިހި މެޑަލް ހޯދީ ޖަލާލުއްދީނުގެ ފާތިމަތު ޝައިހާ އަސްލަމެވެ. އޭނާ ވަނީ 15.47 ސިކުންތުން ރޭސް ނިންމާފައެވެ. ލޯ މެޑަލް ހޯދީ ޖަލާލުއްދީނު ސުކޫލުގެ އައިމިނަތު އަމާނީ އަހުމަދެވެ. އޭނާ ރޭސް ނިންމީ 16.60 ސިކުންތުންނެވެ.

20 އަހަރުން ދަށުގެ ފިރިހެން ކެޓެގަރީގެ 100 މީޓަރު ދުވުމުން ރަންމެޑަލް ހޯދީ ޖަލާލުއްދީން ސުކޫލުގެ އަހުމަދުސައްމާހް އަލިއެވެ. އޭނާ ރޭސް ނިންމީ 12:25 ސިކުންތުންނެވެ. ރިހި މެޑަލް ހޯދީ ހަނިމާދޫ ސުކޫލުގެ އަލީ ނާސިލެވެ. އޭނާ ރޭސް ނިންމީ 13.00 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ މިލަންދޫ ސުކޫލުގެ ހުސެއިން އަބުސަލް ފަތުހުއްﷲއެވެ. އޭނާ ރޭސް ނިންމީ 13.38 ސިކުންތުންނެވެ.

17 އަހަރުން ދަށުގެ އުމުރުފުރާގެ 100 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީޏް ރަން މެޑަލް ހޯދީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ މަރިޔަމް ވިމްޔާ އަބުދުﷲއެވެ. އޭނާ ރޭސް ނިންމީ 15:22 ސިކުންތުންނެވެ.

ރިހި މެޑަލް ހޯދީ ޖަލާލުއްދީން ސުކޫލުގެ ފާތިމަތު އާލާ އަލީއެވެ. އޭނާ ރޭސް ނިންމީ 15.58 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ ށ. އަތޮޅު މަދަރުސާގެ ޖަންނަތު ހަސަން ރާޒީއެވެ. އޭނާ ރޭސް ނިންމީ 15.72 ސިކުންތުންނެވެ.

17 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީން ރަން މެޑަލް ހޯދީ އަފީފުއްދީން ސުކޫލުގެސަރާހް ޝަމްސަދްއެވެ. އޭނާ ރޭސް ނިންމީ 12.02 ސިކުންތުންނެވެ.

ރިހި މެޑަލް ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު މާހިލްއެވެ. އޭނާ ރޭސް ނިންމީ 12.43 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ މިލަންދޫ ސުކޫލުގެ އަހުމަދު އާހިލް އަލީއެވެ. އޭނާ ރޭސް ނިންމީ 12.73 ސިކުންތުން ރޭސް ނިންމައިގެންނެވެ.