ސްޕެއިންގެ ޗެމްޕިއަނުން، ބާސެލޯނާއިން އިންޓަރ މިލާންގެ ޑިފެންޑަރު ޑެންޒެލް ޑަމްފްރީސް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އިންޓަރ މިލާން އާއި ނެދަލޭންޑްސްގެ ޑިފެންޑަރު ޑަމްފްރީސްގެ އިންޓަރ ކޮންޓްރެކްޓްގައި 25 މިލިއަން ޔޫރޯގެ ރިލީސް ކްލޯސްއެއް ވާކަން ހާމަވެގެންދިއުމާއެކު ބާސެލޯނާއިން ވަނީ މި ކުޅުންތެރިއާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ޓްރާންސްފަރ ހަބަރުތައް އެންމެ އަވަހަށް ޔަގީންކަމާއެކު ގެނަސްދެމުންދާ މަޝްހޫރު ނޫސްވެރިއާ ފަބްރީޒިއޯ ރޮމާނޯ ބުނީ ބާސެލޯނާއިން 25 މިލިއަން ޔޫރޯގެ ފީ ދައްކަން ތައްޔާރަށް ހުރި ކަމަށާއި އެހެންނަމަވެސް އަދި އެއްވެސް އޮފަރއެއް ފޮނުވާފައި ނުވާކަމަށެވެ. އިންޓަރ މިލާންގައި ފާއިތުވި ސީޒަންތަކުގެ މޮޅު ކުޅުމެއް ދައްކަމުންދާ ޑިފެންޑަރު ބާސެލޯނާއަށް ބަދަލުވުމާ ބެހޭގޮތުން އަދި އެއްވެސް ގޮތެއް ނުނިންމައެވެ.
ޑަމްފްރީޒްގެ އިންޓަރ ރިލީސް ކްލޯސްގެ މުއްދަތު މިމަހުގެ މެދުތެރެއިން ހަމަވާނެއެވެ. އެހެންކަމުން ބާސެލޯނާއިން ޑަމްފްރީސް ބޭނުންނަމަ އޭގެ ކުރިން ކުޅުންތެރިއާ ގަންނަން ޖެހޭނެވެ.