މާލެއިން ގެއްލިގެން ހޯދަމުންދާ ގ. ގާރނެޓ،ް ޙަސަން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ތަހުގީގަށް ކަށަވަރުކޮށްދީފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގ. ގާރނެޓ،ް އުމުރުން 30 އަހަރުގެ ޙަސަން ޔާމީން ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހާކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުނ،ް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖުލައި 14 ވަނަ ދުވަހު ޙަސަން ޔާމީންގެ އާއިލާގެ ފަރާތުންނެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޙަސަން ޔާމީން ގެއްލިފައިވާކަމުގެ ރިޕޯޓު ލިބުމާއެކ،ު ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށ،ް ދިވެހި ފުލުހުންގެ ޚިދުމަތުގެ ގުޅުންހުރި ބަހާތަކަށާއި އެހެނިހެން މުއައްސަސާތަކަށް އެ މައުލޫމާތު ފޯރުކޮށްދީ ތަހުގީގުގެ މަސައްކަތްތައް ފަށައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރ،ު ތުހުމަތުކުރެވޭ އެއްވެސްކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޙަސަން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާއި ގުޅުންހުރި އިދާރާތަކުން ތަހުގީގަށް ވަނީ
ކަށަވަރުކޮށްފައެވެ. ޙަސަން ޔާމީން ހޯދުމަށްޓަކައ،ި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރެވެން ހުރި އެންމެހައި މަސައްކަތްތައް މެދުނުކެނޑި ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
ޙަސަން ޔާމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި އެމަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ.