ޚަބަރު

މިލަދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހަވާލުކުރެވޭނެ: ރައީސް


ނ. މިލަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އޭގެ އިތުރުން އައުޓްޑޯ ޖިމްގެ މަސައްކަތާއި، ފުޓްބޯޅަ ދަނޑުގެ ލައިޓްގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މިލަދޫއަށް ވަޑައިގެން އެރްށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނޫނު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުގައި އެއަތޮޅުގެ ގިނަ ރަށްރަށަށް ވަޑައިގެން ކުރިޔަށްހުރި ކުޅިވަރު މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ހޭންޑްބޯޅަ އާއި ފުޓްސަލް ދަނޑު އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތްތައް ހަމަޖެހިފައިވާ ގޮތް ރައްޔިތުންނާއި ހިއްސަަކުރެއްވިއެވެ.

ރައީސް މި ދަތުރުފުޅުގައިވަނީ ނ. ފޮއްދޫ އަައި ހޮޅުދޫ އާއި ހެނބަދޫ އާއި ލަންދޫ އަދި މަނަދޫގައިވެސް ފިޓްނެސް ސެންޓަރުތައް އެޅުމަށް ބިންގާ އަޅާފައެވެ.