ރިޕޯޓް

މާލީ ކާރިސާ އިން ލަންކާ ސަލާމަތްކުރައްވަން ވަޑައިގެންނެވި ރައީސް، އަނުރަަ ކުމާރަ ދިސާނަޔަކަ


  • ކުރު މުއްދަތެއްގައި ގިނަ ކާމިޔާބީތަކެއް ދަނީ ހޯއްދަވަމުން

  • މާލީ ގޮންޖެހުންތައް އަދިވެސް ގިނަ

ސްރީލަންކާގައި 2019 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ' ޖަތިކާ ޖަނަ ބަލަވެގަޔަ "(އެންޕީޕީ ) އިއްތިހާދުގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައިގެން އަަނުރަ ކުމާރަ ދިސާނަޔަކަ އަށް ލިބިވަޑައިގެންނެވީ އެންމެ 3.16 އިންސައްތަ ވޯޓެވެ. ވާދަވެރިކަަން ބޮޑު އެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޔަސް 2020 ވަނަ އަހަރު ބޭއްވި ޢާއްމު އިންތިޚާބުގައި އޭނާ އަނެއްކާ ވެސް ލަންކާ ޕާލަމެންޓަށް އިންތިޚާބުވެވަޑައިގެންެނެވި އެވެ.

އެއާ އެކު އޭނާ މަސައްކަތްކުރައްވަން ފެށްޓެނީ ސްރީލަންކާއަށް އޭރު ކުރިމަތިވެފައި އޮތް އިޤުތިސާދީ އަދި މާލީ ކާރިސާއިން އަރައިގަންނާނެ ސިޔާސަތުތަކެއް އެކުލަވައިލެއްވުމަަށެވެ. އެ ގޮތުން ކުރިއަށް ނެރުއްވި ސިޔާސަތުތަކަށް ލަންކާގެ ރައްޔިތުުންގެ ބޮޑު ތާއީދެއް ލިބެން ފެށި އެވެ. އެއާ އެކު އެންއެންޕީގެ ލީޑަރުކަމަަށް އޭނާ އިންތިޚާބުވި އެވެ.

އިޤުތިސާދީ ކާރިސާ އެންމެ ގޯސް ޙާލަތަށް ގޮސް، ލަންކާއިން ޒަރޫރީ ތަކެތި ނުލިބޭ ހިސާބަށް ކަންތައް ގޮސް، އޭރު ހުންނެވި ރައީސް ގޮޓާބޭ ރާޖަޕަކްސާގެ ސަރުކާރު ވެއްޓި، ވަގުތީ ރައީސެއްގެ ގޮތުގައި އަދި ފަހުން ރައީސްގެ ގޮތުގައި ރަނިލް ވިކްރަމަ ސިންހަ ހުންނަަވައިގެން 2024 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް އެންއެންޕީގެ ޓިކެޓްގައި ދިސާނަޔަކަ ނުކުމެވަޑައިގެންނެވި ޙައްލުތައް ހޯއްދަވައިދެއްވާނެ ކަމުގެ ވަޢުދާ އެކުގަ އެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ 42 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ.

މާކްްސިސްޓް މާޒީއެއް އޮތް ބޭފުޅަކަަށް ވިޔަސް ދިސާނަޔަކަ މިހާރު ވަކާލާތު ކުރައްވަނީ ވިޔަފާރިތައް ކުރިއަރުވައިގެން އިޤުތިޞާދު ރަނގަޅުކުރާ ސިޔާސަަތުތަކަށެވެ. އެގޮތުން ޓެރިފްް ނިޒާމު ސާދާކުރައްވައި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރައްވަން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ލަންކާއަށް ކުރިމަތިވެފައި އޮތް މާލީ ކާރިސާ ނިމުމަކަށް ގެންނަން ދިސާނަޔަކަ އެޅުއްވި އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު އެއް ފިޔަވަޅަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެެފް)ގެ 3 ބިލިޔަން ޑޮލަރުގެ ޕްރޮގްރާމެއްގައި ލަންކާ ބައިވެރިކުރުމެވެ. އެއާ އެކު މާލީ ގޮތުން ހަމަޖެހުން ގެނެވޭނެ ގޮތަކަށް ލަންކާގެ މަރުކަޒީ ބޭންކްގެ ސިޔާސަތުތައް ވެސް ބަދަލުކުރި އެވެ.

ލަންކާގެ މާލީ ހާލަތު ރަނގަޅުކުރެއްވުމަށް ޓަކައި ޑިޕްލޮމެޓިކް ގޮތުން ކުރެއްވި ބުރަ މަސައްކަަތްތުގައި ދިސާނަޔަކަ ހޯއްދެވި އެއް ކާމިޔާބީ އަކީ އަވަށްޓެރި އިންޑިއާއިންް 4 ބިލިޔަން ޑޮލަރުގެ އެހީ ހޯއްދެވުމެވެ.

17.5 ބިލިޔަން ޑޮލަރުގެ ދަރަނި ރިސްޓްރަކްޗާ ކުރަން ލަންކާއިން ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުމަކީ ވެސް ޑިޕްލޮމެޓިކް ގޮތުން ދިސާނަޔަކަ ކުރެއްވި މަސައްކަތުގެ ކާމިޔާބީ އެކެވެ. އެއާ އެކު ލަންކާގެ އިޤުތިޞާދު 2024 ވަނަ އަހަރު4.4 ޕަސެންޓުން ކުރިއަރާނެ ކަމަށް ވޯލްޑްބޭންކުން ލަފާކުރި އެވެ. އެހެން ނަމަވެސް ކުރިއެރުންް އެއަށް ވުރެ ދަށްވާނެ ކަމަށް އެ ބޭންކުން ފަހުން ލަފާކުރި އެވެ.

އިޤުތިޞާދީ މާހިރުން ލަފާކުރައްވާ ގޮތުގައި ލަންކާގެ އިޤުތިޞާދު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. އެހެން ކަމުން ރައީސް ދިސާނަޔަކަ ގެ ކުރިފުޅުމަތީގައި އަދިވެްސް އޮތީ ބުރަ ދުވަސްތަކެކެވެ

ފަސް ފަހަތް

2024 ވަނަ އަހަރުގެ ސެޕްޓެންބަރު 21ވަނަ ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކައަކީ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާއެވެ. ޤާނޫނު ހަދާ މަޖިލީހުގައި ޖޭވީޕީ ތަމްސީލު ކުރައްވާ ތިން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢުމުރުން 55 އަހަރުގެ ދިސާނަޔަކަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާފައި ވަނީ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ކެނޑިޑޭޓުގެ ގޮތުގައެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާ ވާދަކުރައްވައެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 2000ވަނަަ އަހަރު ދިސާނަޔަކަ އިންތިޚާބުވެ ވަަޑައިގަތީ ކުމާރަތުންގަ ސަރުކާރުގެ ތާޢީދާ އެކުގައެވެ. ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ނަން ހިނގާ އެހެން ގިނަ ކެނޑިޑޭޓުންނާ ޚިލާފަށް ދިސާނަޔަކައާ ޢާއިލީ ގޮތުން ގުޅުން އޮތް އެހެން ބޭފުޅުން ސިޔާސީ މައިދާނުން މީގެ ކުރިން ފެނިފައެއް ނެތެވެ. ނަމަވެސް, އޭނާ ގެންގުޅުއްވާ ވައަތު ފިޔައިގެ ސިޔާސަތުތަކާއި ފަގީރުންނަށް އެހީތެރި ވެދެއްވުމަށް ވެވަޑައިގަންނަވާފައިވާ ވަޢުދުތަކާއި ދޫހެލޭ މިޒާޖާ ގުޅިގެން އޭނާ ވަނީ ގިނަ ބަޔެއްގެ ހިތްދަމައިގަންނަވާފައެވެ.

ރިޔާސީ ކެމްޕޭންގައި ދިސާނަޔަކަ ވެވަޑައިގަންނަވާފައިވާ އެންމެ ބޮޑެތި ވަޢުދުތައް ގުޅެނީ ޚިޔާނާތާއި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމާއި, ފަގީރުކަން ނައްތައިލަން ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރެއްވުމާއެެވެ. އިންތިޚާބުގެ ކުރިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ވެސް ދިސާނަޔަކަ ވަނީ ކުރި ހޯއްދަވާފައެވެ. އިންތިޚާބުގައި އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާފައިވާ އިދިކޮޅު ލީޑަރު, ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައަކީ އަވަހާރަ ކޮށްލާފައިވާ ކުރީގެ ރައީސް ރަނަސިންހަގެ ދަރިކަލުންނެވެ. އަދި, ރައީސް ރަނިލް ވިކްރަމަސިންހައަކީ ކުރީގެ ރައީސް އަދި ބޮޑުވަަޒީރު ޖޭއާރް ޖަޔަނަވަރްދަނައަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ, ސެޕްޓެންބަރު 21ގައި ބާއްވާ އިންތިޚާބުގައި ކާމިޔާބީ ލިބޭނީ ޣާއިލީ ބާރާއި, ފައިސާގެ އިތުރުން މީޑިޔާއަށް ނުފޫޒު ފޯރުވާ ދައުލަތުގެ ބާރުތަކުގައި ތިއްބެވި ކެނޑިޑޭޓުން ކަމަށް ޤަބޫލު ކުރާ ބަޔަކު،" ރިޔާސީ ކެމްޕޭން ނިންމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ދިސާނަޔަކަ ވިދާޅުވެފައިވެއެވެ. އޭނާގެ ޖޭވީޕީއަކީ ކާލް މާކްސްގެ ސިޔާސީ އަދި އިޤުތިޞާދީ ސިޔާސަތުތަކަށް ބުރަވާ ޕާޓީއެކެވެ. އަދި, ދަޢުލަތުގެ ބާރުތައް އިތުރުކޮށް, ޓެކުސްތައް ކުޑަކޮށް, ބޭރު ޤައުމުތަކާ އެކު ކުރާ ވިޔަފާރި މަދު ކުރަން ތާޢީދު ކުރާ ޕާޓީއެކެވެ.

1971ވަނަ އަހަރާއި 1988ވަނަ އަހަރު ސްރީ ލަންކާގެ ސަރުކާރާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެއްގެ އަޑީގައި ވެސް އޮތީ ދިސާނަޔަކަގެ ޖޭވީޕީއެވެ. އެ ހަމަނުޖެހުންތަކުގައި ޢާންމުންނާއި ސަލާމަތީ ބާރުތަކުގެ 80,000 އެއްހާ މީހުން މަރުވިއެވެ. އެއިރުގެ ސަރުކާރުތަކުން ވަނީ އެ ހަމަނުޖެހުންތައް ހުއްޓުވައި, ސަރުކާރު ވައްޓައިލަން ކުރި މަސައްކަތްތައް ފޭލު ކޮށްލާފައެވެ.

ދިސާނަޔަކައަކީ ސިންހަލަ ދަރިކޮޅުގެ މީހުންގެ ޙައްޤުތައް ކުރިއަރުވައި, ތަމަޅަ ދަރިކޮޅުގެ މީހުންގެ ޙައްޤުތައް ހަނި ކުރަން ވެސް މީގެ ކުރިން ވަކާލާތު ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. 1971ވަނަ އަހަރާއި 1988ވަނަ އަހަރު ޖޭވީޕީން އިސްވެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެއް ހިންގި އިރު, ދިސާނަޔަކައަކީ ޕާޓީގެ އިސް ވެރިއެއް ނޫނެވެ. އަދި, މިހާރު އެ ޕާޓީން ވަނީ ގުޅިފައިވާ ސިޔާސީ ނިޒާމެއްގެ ސިޔާސަތުތަކަށް ތަބާވާން ފަށާފައެވެ. ޖޭވީޕީން ކުރިން ހިންގާފައިވާ ހަމަނުޖެހުންތަކާ މެދު ދިސާނަޔަކަ ވަނީ އާއްމުކޮށް ދެއްވި ބަސްދީގަތުމެއްގައި 2014 ވަނަ އަހަރު މަޢާފަށް އެދިވަޑަގެންފައެވެ.