ޚަބަރު

ނޯތު މާލޭ ލީގުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތި ރަށަށް


ރިސޯޓް ވޮލީބޯޅަ ލީގު 2025 ގެ ނޯތު މާލޭ ލީގުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލި ރީތި ރަށް ރިސޯޓުން ހޯދައިފިއެވެ.

ފައިނަލްގައި ފޯ ސީޒަން ކުޑަހުރާ ބަލިކޮށް ރީތިރަށް ތަށި އުފުލާލީ 2-3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ރީތިރަށުން ގެންދިޔައީ 25-21 ންނެވެ. ދެވަނަ ސެޓް 25-13 އިން ގެންދިޔައީ ކުޑަހުރާއިންނެވެ ތިން ވަނަ ސެޓު 25-17 އިން ރީތިރަށުން ގެންދިޔައިރު ހަތަރުވަނަ ސެޓު 26-14 ން ގެންދިޔައީ ފޯސީޒަނުންނެވެ. ވަރަށް ވާދަވެރި ކުޅުމްކަާްފަހު ފަސްވަނަ ސެޓު 15-11 ން ކާމިޔާބުކުރީ ރީތިރަށުންނެވެ.

ފައިނަލް މެޗުގެ މޮލު ކުޅުންތެޔަކަށް ހޮވުނީ ރީރިރަަށުގެ ލަންކާ ކުޅުންތެރިޔާ ކަވިޝްކާއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމު ކުޑަހުރާއަށް ވަނީ 15 ހާސް ރުފިޔާދީފައެވެ.

މި މުބާރާތުގެ ޑްރީމް ޓީމަކަށް ހޮވުނީ:

  • ބެސްޓް އައުޓްސައިޑް އެޓޭކަރ: ޔާސިރު މުޙައްމަދު، ރީތި ރަށް
  • ބެސްޓް އައުޓްސައިޑް އެޓޭކަރ: ޢަބްދުالله ހަސަން، ފޯ ސީޒަން ކުޑަހުރާ
  • ބެސްޓް މިޑްލް ބްލޮކަރ: ހަސަން އިބްރާހީމް، ރީތި ރަށް
  • ބެސްޓް މިޑްލް ބްލޮކަރ: ހަސަން ޔޫސުފް، ފޯ ސީޒަން ކުޑަހުރާ
  • ބެސްޓް ސެޓަރ: އާދަމް ހަލީމް، ރީތި ރަަށް
  • ބެސްޓް އޮޕޮސިޓް ޕްލޭޔަރ: މުޙައްމަދު އަފާފް، މީރު މޯލްޑިވްސް
  • މޯސްޓް ޕްރޮމިސިން ޕްލޭޔަރ: މުޙައްމަދު ޔާސިރު، ފޯ ސީޒަން ކުޑަހުރާ
  • ބެސްޓް ލިބަރޯ: އަޙްމަދު ނަބީލް، ރީތި ރަށް
  • މޯސްޓް ވެލިއުބަލް ފޮރިން ޕްލޭޔަރ: ކަވިޝްކާ، ރީތި ރަށް
  • މޯސްޓް ވެލއިބަލް ކޯޗު: ސްމިތު، ރީތި ރަށް
  • މޯސްޓް ވެލިއުބަލް ޕްލޭޔަރ: ޔާސިރު މުޙައްމަދު، ރީތި ރަށް

ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުނީ ރީތިރަށުގައެވެ.