އުރީދޫން ރާއްޖޭގައި ޙިދުމަތްދޭން ފެށިތާ މިހާރު މިވަނީ 20 އަހަރު ފުރިފައެވެ.
2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާގެ ނަމުގައި ދިވެހިންނަށް ތައާރަފްވެ، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގައަށް އުރީދޫ މޯލްޑިވްސްއިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.
ޓެލްކޮމިއުނިކޭޝަންގެ ޙިދުމަތްދޭން އިތުރު ކުންފުންޏެއް ރާއްޖެއަށް އައުން ވެގެންދިޔައީ އެދާއިރާ އިތުރަށް ކުރިއަރައިގެން ދިޔުމަށް މަގުފަހިވި ކަމަކަށެވެ. ފާއިތުވެދިޔަ 20 އަހަރުތެރޭގައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ޤައުމަކަށް ރާއްޖެ މިވަނީ ވެފައެވެ.
2013 ވަނަ އަހަރު ވަތަނިއްޔާ "އުރީދޫ"ގެ ނަމަށް ރީބްރޭންޑްކޮށްފައިވާއިރު، ވަތަނިއްޔާގެ ހިތްގައިމު އިޝްތިހާރުތައް އަދިވެސް ދިވެހިންގެ ހަދާނުން ނުފިލައެވެ.
މިއަހަރު އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުން ފާހަގަކުރާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ފާއިތުވި ދުވަސްތަކުގައި އުރީދޫއިން ވަނީ ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ޚިދުމަތްތަކެއް ތަޢާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އުރީދޫން ރާއްޖޭގައި ޙިދުމަތްދޭން ފެށިތާ 20 އަހަރު ފުރުމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދް ހަސަން ވިދާޅުވީ، އުރީދޫއިން އަބަދުވެސް މަސައްކަތްކުރައްވަނީ ތަފާތު ޚިދުމަތްތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމަށެވެ. އަދި މިހާރުވެސް އުރީދޫގައި މަސައްކަތްކުރާ %90 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންކަމަށެވެ.
"އުރީދޫއަކީ ދުނިޔޭގެ ބައިނަލްއަޤްވާމީ ބްރޭންޑެއް. ރާއްޖޭގެ ލޯކަލް ކޮމިއުނިޓީއަށް އުރީދޫއިން ވަނީ ބޮޑު އިންވެސްޓްމެންޓްތަކެއް ކޮށްފަ. އުރީދޫއިން އަބަދުވެސް މަސައްކަތްކުރައްވަނީ އުރީދޫގެ ކަސްޓަމަރުންނާ ގާތުން މ،ަސައްކަތްކުރުމަށް. އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މިހާރުވެސް އުރީދޫގަ މަސައްކަތްކުރާ %90 މުވައްޒަފުންނަކީ ދިވެހިންކަން. މިއީ ވެސް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގަ އިތުރަށް ކުރިއެރުވުމަށް އަޅުގަނޑުމެން އިސްކަންދޭ މިންވަރު ދައްކުވައިދޭ ކަމެއް". މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކުންފުނިން ވަނީ ހާއްސަ އޮފަރތަކެއްވެސް ތައާރަފްކޮށްފައެވެ މި އޮފަރތަކުގެ ދަށުން، އެ ކުންފުނިިން ވަނީ މިއަހަރުގެ އޭޕްރިލްމަހު، ލިވް އަންލިމިޓެޑް ކެމްޕެއިނެއް ފަށާފައެވެ. މިކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގިގެންދާނެއެވެ. އަދި ނަސީބުވެރި 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިމަހުގެ 1 އިން 7އަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން %20 އިންސައްތައާ ހަމައަށް ބޯނަސް ލިބޭނެ އޮފާއެއްވެސް ތަޢާރަފްކޮށްފައިވެއެވެ.
މީގެއިތުރުން މިމަހުގެ ފުރަތަމަ 3 ދުވަހު ސްޕިން ދަ ވީލް އެންޑް ވިން ގެ ނަމުގައި އޮފާތަކެއް ތަޢާރަފްކޮށް، އުރީދޫއިން ވަނީ އެމް ފައިސާ އޮފަރއެއްވެސް ތަޢާރަފްކޮށްފައެވެ. އެމް ފައިސާ އޮފަރގެ ދަށުން މިމަހު އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.