 
										 
										
			ހދ. ނޭކުރެންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަަކައި އެރަށަށް ގެންދިޔަ، 400 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކުރުމަށްފަހު، ބޭނުންކުރަން ފަށަފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. 
އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އާބާދީ ކުދި ރަށްރަށާއި، އާބާދީ ބޮޑު ސިޓީތަކުގައިވެސް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. 
މިމަސައްކަތުގެދަށުން ހދ. ނޭކުރެންދޫގައި މިހާރުވަނީ 400 ކިލޯވޮޓުގެ އައު ޖެންސެޓެއް އިންސްޓޯލްކުރުމަށްފަހު ބޭނުންކުރަން ފަށާފައެވެ. މިއާއެކު އެރަށުގެ ކަރަންޓު މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ނޭކުރެންދޫގައި އިތުރުވަމުންދާ އާބާދީއާއެކު ކަރަންޓަށް އޮންނަ ޑިމާންޑު އަންނަނީ އިތުރުވަމުންނެވެ. 
		
ހދ. ނޭކުރެންދޫއަށް ގެނެވުނު 400 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލުކުރުމަށްފަހު، ބޭނުންކުރަން ވަނީ ފަށާފައި
— Fenaka Corporation Ltd (@TeamFenaka) August 9, 2025
#TeamFenaka pic.twitter.com/J9JeyqOeb7
			ނޭކުރެންދޫއަށް ގެނެވުނު 400 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކޮށް، ބޭނުންކުރަން ފެށުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަން ގެ ނޭކުރެންދޫ ބްރާންޗްގެ މެނޭޖަރ އަޙުމަދު އަޝްރަފް ވިދާޅުވީ، ނޭކުރެންދޫގައި އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމަކީ، އެރަަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމެއްކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި މަހަކު 2ފަހަރު ހެން އެރަށުން ކަރަންޓު ކެނޑެމުންދިޔަ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމެއްކަމަށެވެ. 
ނޭކުރެންދޫއަށް އައު ޖެންސެޓެއް ގެންގޮސްފައިވަނީ ނިމުނު ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ އެއް މައްސަލައަކީ ކަރަންޓުގެ މައްސަލައެވެ. އެ މައްސަލަ ޙައްލުކޮށް، ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 
އެގޮތުން، އެކި ރަށްރަށުގައި އައު ޖަނަރޭޓަރުތައް ބެހެއްުޓުމާއި، ޖަނަރޭޓަރުތައް އިންސްޓޯލްކުރުމުގެ އިތުރުން، ޖެންސެޓްތައް އިސްޓޯލްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.