 
					
									
			ލ. ކައްދޫ އެއަރޕޯޓް ކައިރިން ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި މަގު ހުރަސްކުރަން އުޅުނު 64އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު، މިމައްސަލައާ ގުޅިގެން ލ. ފޮނަދޫ، ހޯރަ ވިލާ މުޙައްމަދު ނައުސާން (37އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. 
 
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. 
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަރޕޯޓަށްދާ މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންކަމަށް ފުލުހުންވަނީ މަޢުލޫމާތުދެއްވާފައެވެ.
މި އެކްސިޑެންޓުގައި ޒިބްރާ ކްރޮސްއިން މަގު ހުރަސް ކުރި ދެ މީހުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.