އެމެރިކާގައި ކުރިއަށްދިޔަ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ޕޮލަންޑުގެ އިގާ ސްވިއަޓެކް ހޯދައިފިއެވެ.
ހަ ފަހަރު މަތިން ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ ސްވިއަޓެސް ފުރަތަމަ ފަހަރަށް ސިންސިނާޓީ އޯޕަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖޭސްމިން ޕައޮލީނީ އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ފަހެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ސްވިއަޓެކް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު އޭނާ މި މުބާރާތުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެއްވެސް ސެޓެއް ގެއްލިފައެއް ނުވެއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިއެކު އޭނާއަށް ވަނީ ދުނިޔޭގެ ރޭންކިންގެ ދެވަނަ މަގާމް ލިބިފަ އެވެ. އަދި އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި އޭނާ ވަނީ ދެވަނައަށް ސީޑުކޮށްފަ އެވެ.