ޚަބަރު

8 ޓީމާއެކު ވީއޭއެމް އެސޯސިއޭޝަން ކަޕް މިމަހު 30ގައި


  • ޕޫލް އޭގައި ހިމެނޭ ޓީމުތަކަކީ ޕޮލިސް ކްލަބް، ހުރާ ކޮމިއުނިޓީ ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަދި ސިޓީ ފްރެންޑްސް ކްލަބް

  • ޕޫލް ބީގެ ޓީމުތަކަކީ ކްލަބް ވެމްކޯ، ކްލަބް އެމްޓީސީސީ، ރާއްޖެ ވޮލީ ކްލަބް އަދި ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ (ޖީޖީ)

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަން މި މަހު 30 ގައި ފަށަން ތައްޔާރުވެއްޖެއެވެ.

ވީއޭއެމް އިން ކްލަބްތަކަށް ފޮނުވާފައިވާ ކަލަންޑަރުގައި ވާގޮތުން މި ފަހަރުގެ މުބާރާތް ފެށުމަށް ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މި މުބާރާތުގައި މި ފަހަރު އަށް ޓީމު ވާދަކުރާނެއެވެ.

މި ފަހަރުގެ މުބާރާތުގެ ޕޫލް އޭގައި ހިމެނޭ ޓީމުތަކަކީ ޕޮލިސް ކްލަބް، ހުރާ ކޮމިއުނިޓީ ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަދި ސިޓީ ފްރެންޑްސް ކްލަބްއެވެ. ޕޫލް ބީގެ ޓީމުތަކަކީ ކްލަބް ވެމްކޯ. ކްލަބް އެމްޓީސީސީ، ރާއްޖެ ވޮލީ ކްލަބް އަދި ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ (ޖީޖީ) އެވެ.

މީގެ ތެރެއިން ކްލަބް އެމްޓީސީސީ އަކީ މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޓީމެކެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ގަދަ ހަތަރު ޓީމަށް ގައުމީ މުބާރާތް އަދި ގައުމީ ލީގުގެ ޖާގަ ލިބޭނެއެވެ. އެސޯސިއޭޝަން ކަޕުގެ އެންމެ ކާމިޔާބު ޓީމަކީ ކްލަބް ވެމްކޯއެވެ. އެ ޓީމުން ވަނީ ފަސް ފަހަރު މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.